ހައްދުފަހަނަ އެޅި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ހާއްސަ އޮޕަރޭޝަނެއް ރ. މަޑުއްވަރީގައި ފަށައިފިއެވެ.

އެ މަސައްކަތް ކުރަމުން ދަނީ ފުލުހުންނާއި ސިފައިން ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ، މިއަދު ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގައި މަޑުއްވަރީ ގެ ބައެއް ގެތައް ބަލާފާސްކުރަމުން ދާ ކަމަށެވެ.

އަދި އެ މަސައްކަތް ކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، އެ މަސައްކަތާއި ބެހޭ އިތުރު މައުލޫމާތު ފުލުހުން ނެރޭ ޕްރެސް ސްޓޭޓްމެންޓެއްގައި ހާމަކުރާނެ ކަމަށެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅުމާއި ހައްދުފަހަނަ އަޅާ ދިޔުމުގެ ފިކުރު ފަތުރާ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މަޑުއްވަރީ ގެތަކަށް ވަދެ ބަލާ ފާސް ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.