މިއަދު 137 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 16،547 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 110 މީހަކާއި، ރަށްރަށުން 20 މީހަކާއި، ރިސޯޓުތަކުން 7 މީހަކެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2،982 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.
މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދަނީ 193 މީހަކަށެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 2،014 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 16،547 މީހަކު ރަނގަޅުވެފައެވެ.
ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އަކަށް ކަރފިއު އިއުލާންކޮށް، މާދަމާ ރޭ 8:30 އިން ފެށިގެން ރޭގަނޑު 11 އާއި ހަަމައަށް ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ. މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެތިން ހަފްތާ ނަގާނެކަމަށްވެސް އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެވެ.