ފަތިސް ނަމާދު ޖަމާއަތުގައި ކުރާ ނޮޅިވަރަމު ކުދިންނަށް ބޮޑު އިނާމެއް ދިނުމަށް ހދ. ނޮޅިވަރަމުގެ ޖަމިއްޔާއެއް ކަމުގައިވާ "ޖަމިއްޔަތުއް ރިސާލަތު" އިން ނިންމައިފިއެވެ.

ޖަމިިއްޔަތުއް ރިސާލަތުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އިނަމު ދިނުމަށް ހަމަޖެހިފައި ވަނީ އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށެވެ.

އަދި މި އިނާމު ބޭނުންވާ ކުދިންގެ ޝަރުތުތައް ކަމުގައި ކަނޑައަޅައިފައި ވަނީ، ފުރަތަމަ ތަކުބީރާއި އެކު ޖަމާއަތުގައި ބައިވެރިވުމާއި، މެދު ނުކެނޑި 40 ރޭ ވަންދެއް އެގޮތަށް ނަމާދު ކުރުމެވެ.

އެ އިއުލާނުގައިވާ ގޮތުން މެދުނުކެނޑި 40 ވަނަ ރެއަށް ފަހު އެކުއްޖަކަށް 1000ރ ލިބޭނެއެވެ.

މިކަމުގައި ބައިވެރިވާން ބޭނުންވާ ކުދިން  7952934 ނަންބަރު ފޯނަށް ގުޅައި ނަން ނޯޓު ކުރުމަށް އެދޭ ކަމަށް އިއުލާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.