މި ސަރުކާރުން ކެރިގެން ނުކުމެ މިތިބީ ހަރުކަށި ފިކުރު ހުއްޓުވުމަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"ވިޔަވަތި ރާއްޖެ" ކޮންފަރެސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރު އެބައޮތްކަމަށް ފާޅުގައި ބުނެ، އެކަމާ ދެކޮޅަށް ސަރުކާރުން މަސައްކަތް ފެށީ އެއީ އަޅާނުލާ ތިބެވޭ ވަރަށް ވުރެ މާ ނުރައްކާތެރި ކަމަށް ވުމުން ކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ރާއްޖޭގައި މިއަދު ޅަ ދަރިންގެ ގަޔަށް ވެކްސިން ޖަހަން ދެކޮޅު ހަދާ ބެލެނިވެރިން އެބަ ތިބި ކަމަށާއި، ޅަ އުމުރުގައި ކައިވެނިކޮށް އެ ކުދިން ބަލިވެ އިންނަ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.

މީގެ އިތުރުން ދީނުގައި ހުއްދަ ކަމަށް ބުނެ އެފަދަ ކަންކަން ކުރަމުންދާއިރު އެއީ ކަންކަން ވެގެންވާނެ ގޮތް ނޫން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.