ދޯންޏަކުން އެންދަމަން މޫދަށް ފޭބި މަސްވެރިޔަކު ގެނބިގެން ނިޔާވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:08 އެހާ އިރު ކަމަށެވެ.

އަދި އެމީހާގެ ހުރިހާ ހަރަކާތެއް ހުއްޓިފައިވަނީ، އެންދަމަން ފޭބުމަށްފަހު ދޯނިން އޮޔާދިޔަ ބޮއެއް ބަލައި ފަތާފައި ގޮސް، އެނބުރި ދޯންޏަށް އައުމުގެ ތެރޭގައި ކަމަށާއި، ދޯނީގައި ތިބި މީހުން ގޮސް އެ މީހާ ނެގިއިރު، އަނގައިން ފޮނުވެސް އަރާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ނިޔާވެފައިވަނީ، ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި މީހާއަށް އަށް ފަރުވާ ދިނުމަށް ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މަރު އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.