އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ދިފާއީ ހެއްކެއްގެ ގޮތުން ޕީޕީއެމްގް ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ހާޒިރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް ނިންމައިފި އެވެ.

ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދު ރަމީޒު ހާޒިރުކޮށް ދިނުމަށް އެދިފައިވަނީ އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފަރާތުންނެވެ.

ހައިޝަމްގެ ފަރާތުން ދިފާއީ 11 ހެއްކެއް ހުށަހެޅި ނަމަވެސް  އޭގެތެރެއިން ހަތް މީހެއްގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު ވަނީ މިއަދުގެ އަޑުއެހުމުގައި ވިދާޅުވެފަ އެވެ.

އެމީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ވަކީލް މައުމޫން ހަމީދު ފާހަގަކޮށްފައިވަނީ ދައުލަތުން އޭނާގެ މުވައްކިލާ ދެކޮޅަށް އެކަށީގެންވާ ހެކިން ހުށަހަޅާފައި ނުވާތީ ކަމަށެވެ.

ހައިޝަމް ރަޝީދުގެ ފަރާތުން ހަތް ހެއްކެއް ހުށަނޭޅުމަށް ނިންމި ނަމަވެސް އަނެއް ހަތަރު ހެކިންގެ ހެކިބަސް ނަގައި ދިނުމަށް ވަކީލް މައުމޫން ވަނީ އެދިފައެވެ. އެ އެ ހަތަރު މީހުންނަކީ ވެސް ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައިވާ މީހުން ކަމަށް ވާތީ ކަމަށް ލޯޔަރ މައުމޫން ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން އެއް ފަރާތަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު އެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.