ހދ. މަކުނުދޫގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި ކަމުގެ ރިޕޯޓު މިއަދު 14:30 ގައި އެ މުއައްސަސާއަށް ލިބިފައިވާކަމަށެވެ. އެކްސިޑެންޓްވި އިރު ސައިކަލު ދުއްވަން އިނީ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް އޮތް މީހެކެވެ.
މި ހާދިސާގައި ދެމީހުންނަށްވެސް އަނިޔާވެފައިވާއިރު، ބޮޑަށް އަނިޔާ ލިބުނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެ ދެ މީހުންނަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.