ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގއ. ދާންދޫގެ 10 ގެއަކަށް ފެންވަދެ އެގެތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފިއެވެ.

ދާންދޫ ކައުންސިލްގެ ނައިބު ރައީސް ފާރިޝް މުހައްމަ ވިދާޅުވީ، ބޯކޮށް ވާރޭ ވެހެން ފަށާފައި ވަނީ މިއަދު ފަތިހު 4:30 ކަންހާއިރު ކަމަށާއި، 10 ގެއަކަށް ފެން ވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާރު ފުލުހުންނާއި، ކައުންސިލުން، އަދި ދާންދޫގެ ރައްޔިތުން ނިކުމެ ޕަންޕު ޖަހައިގެން ރަށުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި، ވެލި ބަސްތާ ޖަހައި ފެން ވަނުން ހުއްޓުވަން ޖެހޭ ތަންތަނުގައި އެމަސައްކަތައް ވެސް ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ންދޫގެ ތިން ސަރަހައްދެއްގައި ދަނީ ޕަންޕު ޖަހައިގެން ފެން ހިއްކަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.