ppm
އިންތިހާބު އަވަސްކުރުމަށް ގޮވާލާ ޕީޕީއެމުން ބޭއްވި މުޒާހަރާގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު ފަސްކުރަން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ހުށައެޅިޔަސް އެކަމަށް އިދިކޮޅުގެ ތާއިދެއް ނުލިބޭނެ ކަމަށް ޕީޕިއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ހަނި ފުރުސަތު ތަކަކާއެކު، އިންތިހާބުގެ ހަރަދު ދެގުނަ ބޮޑުވާގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލި ގައިޑްލައިންގެ ސަބަބުން އިންތިހާބު ބޭއްވުމަށް ހުރަސްތައް ކުރިމަތިވެ އިލެކްޝަންސް ކޮމިޝަނުން، އިންތިހާބު ފަސްކުރުމަށް މަޖިލީހަށް ހުށައަޅާނެ ކަަމަށް ވަނީ ނިންމާފައެވެ.

''ޖަޒީރާ'' އާއި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ އިންތިހާބަށް ގޮތް ކިޔުމުގެ ބާރު އެޗްޕީއޭ އަށް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް އިންތިހާބުތަކުގެ ކަންތައްތައް ނިންމުމުގެ ބާރު ލިބިގެންވަނީ އެ ގައުމުތަކުގެ އިލެކްޝަން ކޮމިޝަނަށް ކަމަށް ވިދާޅުވެ ޝިޔާމް ނުރުހުން ފާޅުކުރައްވާފައެވެ.

އިންތިހާބު ފަސްކުރުމުގެ ބާރު އޮންނަން ޖެހޭނީ އިސީ، އެހެން މީހަކު ނުވަތަ ސަރުކަރުގެ އޮފީހަކުން އިންތިޚާބު ހުއްޓުވޭކަމަށް ވަންޏާއި ދިވެހިރާއްޖެގެ ގާނޫނު އަސާސީއޭ ކިޔާފައި ވާހަކަ ދައްކާނެ ކަމެއްނެތް

ޝިޔާމް ވިދާޅުވި ގޮތުގައި އިންތިހާބު ލަސްވެގެން ދިޔުމަކީ ކެންޑިޑޭޓުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

ކެންޑިޑޭޓުން ތިބީ ވާނުވާގައި. އެޗްޕީއޭގެ ގައިޑްލައިން ވެސް އިދިކޮޅަށް ފުރުސަތު ނުލިބޭ

ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅުވައި ޝިޔާމް ވިދާޅުވީ، އެކި ކަހަލަ ޕްރޮޖެކްޓްގެ ނަމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރަށްރަށަށް ދެވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ކެމްޕޭން ޖަލްސާތަކާއި، ރަސްމިއްޔާތުތައް ބެއްވުމުގައި ބަދަލުގައި، އެކަންކަން ކުރިއަށްގެންދިއުމަށް ބާރު އަޅާފައިވަނީ އޮންލައިންކޮށެވެ. އަދި އޮންލައިންކޮށް ނޫންގޮތަކަށް ކުރިއަށްގެންދާނަމަ ، ކުރިއަށްގެންދަން ޖެހެނީ ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި، އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދިޔުމަކީ މަނާކަމެކެވެ. އެހެންކަމުން އެޗްޕީއޭއިން އަލަށް އެކުލަވާލި އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި އެއްވެސް ކެމްޕޭން ޖަލްސާއެއް އަދިި ރަސްމިއްޔާތެއްވެސް މިވަގުތަށް ނުބޭއްވޭނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.