Fandiyaaru Dr.Didi Circuit Court
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފޮޓޯ: އަވަސް

ސާރކިޓް ކޯޓް އުފައްދަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

2021 ވަނަ އަހަރަށް މަޖިލީސް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ސާކިޓް ކޯޓް އުފެއްދުމަށް ބޭނުންވާ ގާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވާފައެވެ.

މި ކޯޓްތައް އުފެއްދުމުގެ ބޭނުމަކީ އިންސާފު ލިބޭނެ އިންތިޒާމް ކަށަވަރުކުރުމެވެ. އަދި އަވަސްކުރުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގު ފަހު ދުވަސްވަރު އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ޑރ. ޑީޑީ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ، ސަރކިޓް ކޯޓުގެ ނިޒާމަކީ މިހާރު ގާއިމުވެ އޮތް ކޯޓް ސިސްޓަމްގެ ތެރެއިންވެސް ހަރުދަނާ ކުރެވިދާނެ ނިޒާމެއް ކަމަށެވެ. ނަމަވެސް އެފަދަ ކޯޓުތައް ކޯޓުތައް އުފެއްދުމުގެ ހަގީގީ މަގްސަދަކީ އެކްޓިވިސްޓުން ފަނޑިޔާރުންގެ މަގާމު ކަށަވަރު ކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

ސެލެކްޓިވް ޖަސްޓިސް އަށް މަގު ހުޅުވައި، ސިޔާސީ މަންފާތަކެއް ހާސިލްކުރުން ކަމުގައި މެނުވީ ނުވާނެ

 

ސަރކިޓް ކޯޓުގެ ނިޒާމުގެ ދަށުން ފަނޑިޔާރުން އެއް ތަނުން، އަނެއް ސަރަހައްދަށް ދަތުރުކޮށް މައްސަލަތައް ނިންމައި ހުކުމް އިއްވައެވެ. މި ނިޒާމަކީ އިނގިރޭސިވިލާތާއި، އެމެރިކާގެ އިތުރުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އަމަލުކުރަމުން އަންނަ ނިޒާމެކެވެ.

މި ސަރުކާރު އައުމަށްފަހު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މި ބަދަލުތައް ގެންނަން ޖެހުނު މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާކޮށް ރައްޔިތުންގެ އިތުބާރު އުފެއްދުމެވެ. މީގެ ކުރިން ފަނޑިޔާރުންނާއި ގުޅޭ ގޮތުން ކިތަންމެ ގިނަ މައްސަލަތަކެއް ހުށައެޅުނަސް އެ މައްސަލަތައް ނުބެލޭ ކަމަށް ކުރިން އިދިކޮޅުގައި އޮތް އެމްޑީޕީން ދިޔައީ ބުނަމުންނެވެ. މި ފަހުން ޖޭއެސްސީން ވަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *