ADK Hospital Covid-19
އޭޑީކޭ ހޮސްޕިޓަލް ފޮޓޯ: މިހާރު

ކޮވިޑް-19 އާ ގުޅިގެން އާންމުންގެ ރައްކާތެރިކަމަށާއި އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، އޭޑީކޭ ހޮސްޕިޓަލުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑްގެ ހަލާތު ގޯސްވުމާއި ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބައެއް ލުއިތަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ލުއިތައް ދޭން ނިންމާފައިވަނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެގޮތުން އޯޕީޑީގެ ހިދުމަތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުޅުވައިލިޔަސް ޑޮކްޓަރަށް ދައްކަން ދާއިރު އެހީތެރިއެއްގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލަކަށް ނުވަދެވޭނެ ކަމަށް އޭޑީކޭއިން ބުންޏެވެ. 

އަދި މާދަމާ ބައެއް އިލެކްޓިވް ސާޖަރީތައް ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. ބަލިމީހުން އެޑްމިޓްކުރަން އަލުން ފެށުމާއެކު ބަލިމީހާގެ ގާތުގައި މަޑުކުރެވޭނީ ހޮސްޕިޓަލުގައި ރަޖިސްޓަރީވެގެންނެވެ. ބަލިމީހުންގެ ގާތުގައި ތިބޭއިރު ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ނަރުހުންނަށް އަންގަންވާނެ ކަމަށް އޭޑިކޭއިން ބުންޏެވެ.

އޭޑީކޭ އިން އަޅާފައިވާފައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް އެޑްމިޓްކޮށްފައިވާ މީހުންނަށް ޒިޔާރަތްކުރުން އަދިވެސް ވަނީ ހުއްޓާލާފައެވެ. އެހެންނަމަބވެސް ހޮސްޕިޓަލުގެ އިމަޖެންސީގެ ހިދުމަތްތަކާ އިމެޖެންސީ ގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިޔަށް ދާނެއެވެ.

އޭޑީކޭ އިން ވަނީ ކޮންމެހެން ދާން ޖެހޭ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިޔުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.