ދެ ފޫޓުގެ ދަތް ދަގަނޑަކާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ރޭ މެންދަމުންއަލިވެ 03:40 ހާއިރު ކަމަށެވެ.

އަދި އޭނާ ހައްޔަރުކުރީ، 2019 ޑިސެމްބަރ 15 ވަނަ ދުވަހުގެ 03:40 ހާއިރު މާފަންނު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، މާވެޔޮމަގުގައި ހުރި ފިހާރައެއް ކައިރިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވާ ބަލާ ފާސްކުރިއިރު، އޭނާގެ އަތުން 2 ފޫޓްގެ “ދަތް ދަގަނޑެއް” ފެނިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.