މިދިޔަ މަހުގައި މަސްތުގެ ހާލުގައި ތިބިކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި އެކި މީހުންގެ މައްސަލަތަކުގެ އަދަދު 89 އަކަށް އަރާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ވިދާޅުވީ, މިދިޔަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާއި ހަމަޔަށް މަސްތުވާތަކެތި ބޭނުންކޮށްގެން ވާނުވާ ހާލުގައި މަގުމަތީގައި ތިބޭ މީހުންގެ 89 މައްސަލައެެއް ހުށަހެޅިފައިވާ ކަމަށާއި، އެމައްސަލަތައް ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

މި ފަހަކަށް އައިސް މާލޭގެ މަގުތަކުގައި މަސްތުގެ ހާލުގައި ތިބޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލައަށް ވީ ހިނދު މިއަދާ ހަމައަށްވެސް އެ މައްސަލައަށް އެދެވޭ ހައްލެއް ވަނީ ނުހޯދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.