މި އަހަރު ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި މައުލޫމާތު ތަކުން އެނގޭގޮތުގައި އިއްޔެގެ ނިޔަލަށް 102،107 ފަތުރުވެރިން އައިސްފައިވެއެވެ. އެގޮތުން ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރާއްޖެއަށް 2710 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި އެމީހުން ރާއްޖޭގައި މަޑުކުރި މުއްދަތަކީ 9.2 ދުވަސް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތް ކުރީ 92،103 ފަތުރުވެރިންނެވެ. ފެބްރުއަރީގެ މިހާތަނަށް 10،000 ށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ.
ކޮވިޑާއި ގުޅިގެން އެކި ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއި އެކު ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.