މާލެ ސިޓީ
" މޯލްޑިވްސް ހައުސިންގ މާރކެޓް ނީޑްސް އެސެސްމަންޓް ސްޓަޑީ" ގެ ނަމުގައި ކުރާ ދިރާސާފައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕްލޭނިންގް މިނިސްޓްރީން ބުނީ މިހާރު ހުޅުވާލާފައިވަނީ މާލެ ސަރަހައްދުގެ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގު ފުރުސަތު ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް ޙާއްސަކޮށްގެން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމެއް ފުރިހަމަކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. ނުވަތަ 7626917 ނަމްބަރާ ގުޅައިގެންވެސް ރަޖިސްޓަރ ކުރެވޭނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް މި ދިރާސާކުރިއަށް ގެންދާއިރު ރަޖިސްޓަރީ ކުރާ ފަރާތްތަކުގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅުންހުރި ކަންތައްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ ގޮތުން ކުރިއަށް ގެންދާ މި ދިރާސާގައި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.