ލޭންޑް ޔޫޒް ޕްލޭނާއި ހިލާފަށް މާމިގިލިން ވިލާ ކުންފުންޏަށް ބިމެއް ދިން މައްސަލަ ފެންމަތިވެއްްޖެއެވެ.

އެ މައްސަލަ މިހާރު ވަނީ މާމިގިލީ ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފެޓިޝަނާ ބެހޭ ކޮމެޓީއަށް ހުށަހަޅައިފައެވެ.

އެ ޕެޓިޝަންގައި ވަނީ ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ އެއާޕޯޓްގައި ތެޔޮ ރައްކާކުރާނެ ތާންގީތަކެއް ބެހެއްޓުމަށްކަމަށް ބުނެ، އެ ރަށުގެ އެއަރޕޯޓް ހިމެނޭ ސަރަހައްދުން ބިމެއް، ވިލާ އެއާޕޯޓްގެ ބައެއް ކަމުގައި ކަނޑައަޅައިފައިވާކަމަށާއި، އެކަމަކީ ރަށުގެ ބިން ބިޑަކާ ނުލައި ވަކި ފަރާތަކަށް މަންފާވާގޮތަށް ދޫކުރަމުން ގެންދިއުން ކަމަށެވެ.

އަދި މާމިގިލީގެ ބިން ބިޑަކާއި ނުލައި ވިލާ ކުންފުންޏަށް ހަވާލު ކުރަމުން އަންނަނީ މާމިގިލި ކައުންސިލްގެ މެމްބަރުން އިސްކޮށް ތިބެގެން ކަމަށް އެ ޕެޓިޝަންގައިވެއެވެ.

ޕެޓިޝަނުގައިވަނީ އެފަދަ އެންމެހާ ކަންކަންއެ ރަށުގެ ރައްޔިތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ހައްލުކޮށްދިނުމަށް އެދޭ ކަމަށެވެ.

މާމިގިލީ އެއާޕޯޓް ހިންގަމުން އަންނަ ވިލާ ކުންފުންޏަކީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

މީގެ ކުރިންވެސް ވަނީ މިފަދަ އެހެން މައްސަލައެއްވެސް ފެންމަތި ވެފައެވެ. އެެހެން ނަމަވެސް އޭރު ކައުންސިލުން މައްސަލަ ބަލައި އެ ބިން ދޫކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޭރު ނިންމިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.