ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން މެއި/ޖޫން އަށް ފަސްކޮށްފައިވާ އޯލެވެލް އިމްތިހާން ތާވަލާއި އެއްގޮތަށް އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ އޭ ލެވެލް އިމްތިހާނު ކުރިއަށް ގެންދާ އިނގިރޭސިވިލާތުގެ ޕިއަރސަން އިން މޭ/ޖޫން ގައި ކުރިއަށް ގެންދާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ކުރިއަށް ނުގެންދާ ގޮތަށް ނިންމާފައިވާތީ އޯލެވެލް އިމްތިހާނާއި ގުޅިގެން އާއްމުން ސުވާލުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި ހަދަނީ ކެމްބްރިޖް އޯލެވެލް އިމްތިހާނުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިމްތިހާން އޮންނަ ތާރީހަށް ބަދަލެއް އައިސްފައިވާ ކަމަށް އަދި ކެމްބްރިޖުން އަންގާފައިނުވާ ކަމަށެވެ.
Salaam, Dhivehi Rajjey kudhin hadhanee Cambridge O'Level. Adhi Cambridge in examinations ah evves badhaleh ai kamakah naangava.
— Aishath Ali (@aisthly) February 5, 2021
އޯލެވެލް އިމްތިހާން ދަރިވަރުންގެ އިމްތިހާން ފަސް ކުރެވުނު ނަމަވެސް އެ ކުދިންނަށް އޮންލައިންކޮށް ކްލާސްތައް ބާއްވާފައިވެއެވެ.