ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓު މިއަހަރު ބޭނުންކޮށްފައިވާ ގޮތުގެ އަހަރީ ކޭޝްފްލޯ މި މަހުގެ 23ގެ ކުރީން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އޮފީސްތަކަށް ފޮނުވާފައިވާ ބަޖެޓާ ބެހޭ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކަށް އަންނަ އަހަރަށްވާ ބަޖެޓު ދޫކުރެވޭނީ އެ އޮފީހެއްގެ ކޭޝްފްލޯގެ މައުލޫމާތު ލިބިގެން ކަމަށާއި،  އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ޑިސްބާސްކުރާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް ޑިސްބާސްމަންޓް ޕްލޭނާ އެއްގޮތަށް ކަމަށެެވެ.

މިނިސްޓްރީން އާންމުކުރި ސާކިއުލާގައި ވަނީ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރާނެ ގައިޑްލައިންއެއް އާންމުކޮށްފަ އެވެ.

އަންނަ އަހަރަށް ހިނގާނެ ހަރަދުތަކަށް ލަފާކޮށް 37.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ ފަހެއްގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.