އައިޖީއެމްއެޗް އައިސީޔޫގެ ސީލިންގް ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސީލިންގެ ވެއްޓިފައި ވަނީ ގާތްގަނޑަކަށް 11:20 ކަންހާއިރު އެވެ.
ވެއްޓިފައި ވަނީ އައިސީޔޫގެ ވެއިޓިން އޭރިއާގެ ސީލިންގުގެ ބައެކެވެ. އެވަގުތު އެތަނުގައި ގިނަ އަދަދެއްގެ މީހުން ތިބިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ސީލިންގް ވެއްޓި އަންހެން ކުއްޖެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާއިރު ،އެކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިކަމާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗްގެ ބަހެއް ލިބިފައެއް ނުވެއެވެ.