ޕީޕީއެމް އާއި ޕީއެންސީ އާއި ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅޭކަމަށް، ސަރުކާރު ހިންގާ، މައި ޕާޓީ، އެމްޑީޕީން ބުނަމުން ދަނީ، ރައީސް ޔާމީނަށް ތާޢީދު ކުރައްވާ ފަރާތްތަކުގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް އަކީވެސް، އަދި ޕީއެންސީ އަކީވެސް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަމުން އަންނަ ދެ ޕާޓީ ކަމަށެވެ.

މިހާރަކަށް އައިސް އެމްޑީޕީން ވަރަށް ގިނައިން އެބަ ދައްކާ މި ވާހަކަ. ރައީސް ޔާމީންގެ ޕީޕީއެމް އާއި، ޢަބްދުއްރަޙީމްގެ ޕީއެންސީ އާއި އުޅެނީ މައްސަަލަ ޖެހިގެންނޭ. އެހެންވެ، މިފަހަރުގެ ކައުންސިލް އިންތިޚާބަށް ޕީއެންސީން ނިކުންނާނެ ފުރުޞަތުވެސް ނުލިބުނޭ. ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއީ އެއްވެސް ވަރެއްގެ ހަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫނޭ. ޕީޕީއެމް އަކީވެސް ރައީސް ޔާމީނޭ. ޕީއެންސީ އަކީވެސް ރައީސް ޔާމީނޭ. އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ޤައުމު ސަލާމަތް ކުރަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި، އެ އިންތިހާބަކީ ޕީއެންސީ އަދި ޕީޕީއެމްއަށް މުހިންމު އިންތިހާބެއް ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓުގައި، ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ވަނީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ 22:00ގެ ނިޔަލަށް ހުޅުވާލައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.