ކޮޅުމަޑުލު ބުރުންޏަށް މިއަދު ހަވީރު ހޮނު އެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެގޮތުން މިއަދު ހަވީރު ގާތްގަނޑަކަށް 15:30 އެހާއިރު، އެރަށް ވަރަށް ބޮޑަށް ހޮނު އެޅުމުގެ ސަބަބުން، އެރަށު 25 ގެއެއްގެ ޓީވީ ހަލާކުވެ، ގެތަކުގައި ބޭނުންކުރާ އިލެކްޓްރިން ގިނަ ސާމާނު ވަނީ ހަލާކުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެރަށުގެ ހަތަރު ސަރަހައްދަކަށް މިއަދު ވަނީ ހޮނު އަޅާފައެވެ.

ބުރުނީ ކައުންސިލްގެ މެމްބަރު އުޘްމާން ޢަރީފް ވިދާޅުވީ، ހޮނު އެޅުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބަލައިފައިވާނެ ކަމުގައެވެ.

"ހޮނު އެޅުމާއި އެކު ގޭގެއަށް ގޮސް ބެލިން ކިހާވަރެއްގެ ގެއްލުމެއް ލިބިފައި ހުރިތޯ. ބެލި އިރު، ގާތްގަނޑަކަށް 25 ޓީވީ ވަނީ ހަލާކުވެފަ. އަދި 12 ނޫނީ 15 ޑީކޯޑަރު ވަނީ ހަލާކުވެފަ. މިހެން ގޮތް އިލެކްޓްރޯނިކް އެތައް ސާމާނެއްވަނީ ހަލާކުވެފައި." އުޘްމާން ވިދާޅުވިއެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރުވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ އިން ހުދު ސަމާލު ނެރެފައިވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.