ކޮންމެ ގައުމެއް ތަފާތުވާ ފަދައިން އެއްޤައުމެއްގެ ގާނޫނުވެސް އަނެއް ގައުމެއްގެ ގާނޫނުތަކާ ވަރަށް ތަފާތެވެ. ބައެއް ގާނޫނުތަކުގެ އަޑު އަހާފައި އެއީ ވަރަށް ތާކުންތާކު ނުޖެހޭ ގާނޫނުތައް ކަމަށް އަހަރެމެނަށް ހީވިޔަސް އެ ގާނޫނުތަކަކީ، ގައުމުތަކުގެ އިން ބެލެހެއްޓުމާއި، ސަގާފަތާއި، އަމިއްލަވަންތަކަން ދެމެހެއްޓުމަށް ޓަކައި މުހިއްމު ގާނޫނުތައްކަމުގައި ވެއެވެ.

1. ސިންގަޕޫރް:

ސިންގަޕޫރަށް ޗުއިންގް އެތެރެކުރުމާ، ކެއުމާ ވިއްކުމަކީ ބޮޑު ޖޫރިމަނާ އަދި ޖަލު ހުކުމް އައިސްފާނެފަދަ ކުށެކެވެ. ސާފުތާހިރު ކަމުގެ ނަމޫނާއަކަށް ސިންގަޕޫރުވީ މިފަދަ ގާނޫނުތައް ތަންފީޒުކުރެވިގެންނެވެ. ސިންގަޕޫރަށް ދާން ރާވާފައި އޮތްނަމަ އަދި ޗުއިންގަމް ކެއުމަކީ އާދައެއް ނަމަ މިކަމަށް ސަމާލުކަން ދޭންވާނެއެވެ.

2. ކެނެޑާ:

ކެނެޑާއަކީ ގައުމީވަންތަކަން ހިފެހެއްޓުމުގައި މިސާލު ދައްކަމުންދާ ގައުމެކެވެ. ކެނެޑާގެ ރޭޑިއޯތަކުން ފޮނުވާ ލަވައާއި ފަންނުވެރިންގެ ހަބަރުތަކުގެ 35 އިންސައްތަ ނިސްބަތްވާން ޖެހޭނީ ސީދާ ކެނެޑާގެ ފަންނާނުންނަށެވެ. ޚާއްސަކޮށް ހަފްތާގެ ހޯމަދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ހެނދުނު 6 އިން އިރުއޮއްސި 6 އާ ހަމައަށް މިގޮތަށް އަމަލު ކުރުމަށް ވަނީ ގާނޫނުގައި ލިޔެފައެވެ.

3. ޖަރުމަން:

ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ދުއްވޭ ޖަރުމަންގެ ހައިވޭތަކަކީ، ބާރު ސްޕީޑްގައި ދުއްވަން ބޭނުންވާ މީހުން އެންމެ ދާންބޭނުންވާނެ އެއްތަނެކެވެ. ނަމަވެސް މިތަނުގައި ގާނޫނު އޮންނަގޮތުން ހައިވޭގައި ދުއްވާ އުޅަނދެއްގެ ތެޔޮ ހުސްވެއްޖެނަމަ ވެރި ފަރާތް ޖޫރިމަނާ ކުރާނެއެވެ. ޖަރުމަން މީހުން ގަބޫލު ކުރާ ގޮތުގައި ކޮންމެ އުޅަނދެއްގައި ބަރާބަރަށް ތެޔޮހުރިތޯ ބަލާ ޗެކްކުރުމަކީ ވެރި ފަރާތް ނުވަތަ ދުއްވާ ފަރާތުގެ ޒިންމާ އެކެވެ. ތެޔޮ ހުސްވެގެން ހިނގާފައިގޮސް ތެޔޮ ގަނެގެން އަންނަން ހިތަށްވެސް ނާރުވާށެވެ. އަނެއްކާ އަނެއް ޖޫރިމަނާ އަންނާނެއެވެ. ސަބަބަކީ ހައިވޭއެއްގައި ހިނގުމަކީ ވަރަށް ނުރައްކާތެރިކަމެއް ވީމައެވެ.

4. ސްވިޒަރލެންޑް:

ބަރަހާނާ ހާލުގައި ފަރުބަދަ އަށް އެރުމަކީ މި ގައުމުގައި މަނާކަމެކެވެ. މިހެން މި ގާނޫނު ހަދަން ޖެހުނީ މީގެ އަހަރު ތަކެއް ކުރިން އެގައުމުގެ ބަޔަކާ ޖަރުމަން ބަޔަކު ގުޅިގެން ބަރަހަނާވެގެން ފަރުބަދައަށް އެރުން ވައިގައި ހިއްޕަން މަސައްކަތް ކުރުމުން، އެކަން ހުއްޓުވާ އިޖްތިމާޢި ފޭރާން ބަލިކަށިވެގެން ދިޔަނުދިނުމަށެވެ.

5. ވެނިސް:

އެތަނެއްގެ ނަން ބުނުމުން އެންމެ ފުރަތަމަ ވެސް ސިފަވަނީ ބޮޑެތި ހާމަ މައިދާން ތަކާއި އެތައް ހާސް ކޮތަރެވެ. އެހެންކަމުން މިތަނުގައި ކޮތަރުތަކާއެކީ ތަފާތު ގޮތްގޮތައް ފޮޓޯ ނަގަން ޝައުގުވެރިވާ މީހުން ބޭނުންވަނީ ކާ އެއްޗެހި ދީގެން ކޮތަރުތައް ކާރިއަށް ގެންނާށެވެ. ނަމަވެސް ވެނިސް ގައި ކޮތަރަށް ކާންދޭތަން ފެނިއްޖެނަމަ 700 ޔޫރޯއިން ޖޫރިމަނާ ކުރެވޭނެއެވެ.

6. ޕޮލެންޑް:

ކުޑަކުދިންނާ އެއްވަރަށް ބޮޑެތި މީހުންވެސް ވަރަށް ގަޔާވާ ކަރޓޫން ކެރެކްޓަރ އެއް ކަމަށްވާ "ވިނީ ދަ ޕޫ" ޖެހި ފޭރާން، ސްކޫލްތަކާއި އާއްމު ކުޅިވަރުބިން ތަކުގައި ލުމަކީ މި ގައުމުގައި މަނާކަމެކެވެ. ސަބަބަކީ، ޕޫ ހުންނަނީ ހަމައެކަނި ޓީ. ޝަރޓްއެއް ލައިގެން ތިރިން އެއްޗެއް ނުލައެވެ.

7. ސްކޮޓްލެންޑް:

މަސްތުހާލުގައި ހުރެ ގެރި ދުއްވުމަކީ، މިގައުމުގެ ގާނޫނުން މަނާކަމެކެވެ. 1872 ގައި ފާސްކުރި މި ގާނޫނުގެ ދަށުން ގެރި، އަސް، ގަޑިޔާ އަދި އާވިން ދުއްވާ އިންޖީނުލީ އެއްވެސް އެއްޗެއް މަސްތު ވެގެން ހުރެ ދުއްވައިގެން ނުވާނެއެވެ.

8. ސްރީލަންކާ:

އަވަށްޓެރި ލަންކާގައި ބުއްދާ އާއެކީ ސެލްފީނެގުމަކީ މަނާކަމެކެވެ. ސަބަބަކީ، ސެލްފީނަގަން ހުންނަނީ ބުއްދާއަށް ފުރަގަސް ދީގެންކަމުން އެއީ ބުއްދާއަށް އިޙްތިރާމްކުޑަ ކުރެވުނީ ކަމަށް ބެލެވޭތީއެވެ. އަދި ހަމަ މިގޮތަށް ބުއްދާ އާއި ދިމާލަށް އިނގިލި ދިއްކުރުމަކީވެސް މަނާކަމެކެވެ.

9. ނޯރތް ކެރޮލީނާ:

މިގައުމުގައި ހޮޓަލަކަށް ޗެކިން ވާއިރު އެއީ ދެމަފިރިންކަމަށް ބުނެފިނަމަ އެ ގައުމުގެ ކައިވެންޏާ ގުޅޭގޮތުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުގެ ދަށުން ބަލާނީ އެ ދެމީހުންނަކީ ދެމަފިރިންގެ ގޮތުގައެވެ.

10. ރަޝިޔާ:

ސިއްހަތު ސަލާމަތްކުރުމާއި ރައްކާތެރިކަން އިތުރުކުމަށް ބާރު އެޅުމުގެ ގޮތުން 2014 ވަނަ އަހަރު ރަޝިޔާއިން ވަނީ ލޭސް ޖަނގިޔާ މަނާ ކޮށްފައެވެ. މި ގާނޫނުގެ ދަށުން ޖަނގިޔާ ގެ 6 އިންސައްތަ ކޮޓަން އިން ބެހެއްޓުމަށްވެސް ވަނީ ލާޒިމް ކޮށްފައެވެ. މިކަމާ ދެކޮޅަށް އެތައް މިލިއަން އަންހެނުން މުޒާހަރާ ކުރިނަމަވެސް މި ގާނޫނު ބަދަލެއް ނުކުރެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.