އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު (ވ)، އަބްދުﷲ ޝާހިދު (މ) ޗައިނާއން ރާއްޖެއަށް ކަނޑައަޅުއްވާފައ ހުންނަވާ ސަފީރުު (ވ)

ޗައިނާ އާއި އިންޑިއާ ދެ ގައުމުން ރާއްޖެއަށް އެހީތެރިކަން ދެނީ ވާދައަށް ނޫން ކަމަށް ކަމަށް ވިދާޅުވެ، ހާރިޖީ ސިޔާސަތަށް ފާޑުކިޔާ ފަރާތްތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަރުގަދަ ރައްދެއް ރޭ ދެއްވައިފިއެވެ.

ދެ ގައުމުން ރާއްޖެ އެހީވަނީ ވާދައަކަށް ނޫން ކަމަށް ޝާހިދު ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، އިންޑިއާ އިން ރާއްޖެ އަށް ހަތް ލައްކަ ވެކްސިން ޑޯޒް ދިނުމުން ފާޑުކިޔާ ފަރާތްތަކުން އޭރު ހީވެފައި އޮތީ ޗައިނާއިން ވެކްސިންގެ އެހީތެރިކަމެއް ރާއްޖެއަށް ނުދޭނެކަން ކަމަށެވެ. އަދި ސަބަބެއް ކަމަށް ބުނަމުން ދިޔައީ ރާއްޖެއިން ޗައިނާއާ އެންމެ ރަނގަޅު ގުޅުމެއް ނުބާއްވާތީ ކަމަށެވެ.

އެކަމަކު ޗައިނާއިން ހަމަ އިންޑިއާ އިން ދިން އަދަަަދަށް ވެކްސިންގެ ޑޯޒް ދޭން އިއްޔެ ނިންމި ނިންމުމާއި އެކު ހާމަވެގެން ދަނީ، ރާއްޖެއިން ދެ ގައުމާއެކު ވެސް ބާއްވަމުން ގެންދަނީ ގާތް ގުޅުމެއްކަން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މި ދެ ގައުމު ނޫން އެހެން ގައުމުތަކުންވެސް ރާއްޖެ އަށް އެހީވަނީ ރައްޔިތުންނާ މެދު އޮންނަ ލޯބީގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޑިޕްލެމެޓިކް ދާއިރާގެ ކަންތައް ހިނގާއިރު ވަގުތުވެސް ނަގާނެ. ކަންކަން ހަމަޖެހިގެންދާ އުސޫލުތަކެއް އޮންނާނެ. އެއް ގައުމަކުން ދޭއިރު ހަމަ އެ ދަނޑިވަޅުގައި ތަބަކަކަށް ލައިގެން އައިސް އެހީ ދިނުމަކީ ހިނގާ ކަންތައްތަކެއް ނޫން އެއީ، މި އިން އެއްވެސް ގައުމެއް އަނެއް ގައުމާއި ވާދައަކަށް ނޫން ރާއްޖެ އަށް އެހީތެރިވެދެނީ.

ޝާހިދު ވިދާޅުވި ގޮތުގައި ގައުމުތަކުގެ ލޯބި ރާއްޖެއަށް ލިބޭން އޮތް މަގަކީ ގައުމުތަކުގެ ދެމެދު ފިތުނު އުފެދޭ ގޮތަށް މަސައްކަތްނުކޮށް ހުރިހާ ގައުމަކާއި އެކު ގާތް ގުޅުމެއް ބާއްވަމުން ދިޔުމުން ކަަމަށެވެ.

އެއްވެސް ގައުމަކާއި ދިމާލަށް އެއްޗެހި ކިޔާ ދެ ގައުމެއްގެ ދޭތެރޭ ފިތުނަ ކުރުވައިގެން އޭގެ ފައިދާ ހޯދާކަށް ބޭނުމެއް ނޫން

 

އެ ޕްރޮގްރާމް ގައި ޝާހިދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގައުމުތަކާއި ގެންގުޅުއްވި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކުރީ ސަރުކާރުން ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމައަތްތަކާއި ގުޅުން ކެނޑި ރާއްޖެ އޮތީ ނޯތް ކޮރެޔާ ފަދަ ގައުމުތައް އޮތް ހާލަތުގައި ކަމަށެވެ. އެކަމަކު މިއަދު މިސަރުކާރުން އެ ސިޔާސަތުތައް ބަދަލުކޮށްފައިވާކަން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.