މާލޭ ސަރަހައްދުގައި ދިރިއުޅެމުން އަންނަ 65 އަހަރުން މަތީގެ މީހުންނަށް މިއަދު ވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ދެ ތަނަކުން މިއަދު ވެސް 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދެމުންދާނެއެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން ވެކްސިން ދޭނެއެވެ. މިއަދު މެންދުރު މެންދުރު 2 އިން ފެށިގެން ހަވީރު 5 އާ ހަމަޔަށް ވެކްސިން ދިނުމުގެ ކަންކަން އެ ދެ ވެކްސިން ސެންޓަރުގައި ކުރިޔަށްދާނެއެވެ.

އެޗްޕީއޭއިން ވަނީ އެ އުމުރުފުރައިގެ ފަރާތްތަކުން މާދަމާ އެ ގަޑިތަކުގައި ވެކްސިން ޖެހުމަށް ޒިޔާރަތްކުރެއްވުމަށް އެދިފައެވެ. ރެޖިސްޓްރީކޮށްފައި ނުވި ނަމަވެސް އެ ދެ ވެކްސިން ސެންޓަރަށް ޒިޔާރަތްކުރުމުން ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ކޮވިޑް 19 އާ ދެކޮޅަށް ވެކްސިން ދިނުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިޔަށްދާއިރު މިހާތަނަށް ވަނީ 3،204 މީހުން ގަޔަށް ވެކްސިން ޖަހާފައެވެ. ރާއްޖޭގައި ޖެހުމަށް ހުއްދަ ދީފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާ އޮކްްސްފޯޑް - އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.