ބިގް ބޭންގް ތިއަރީގައި ޕެނީގެ ރޯލްއިން ފެނިގެންދިޔަ ތަރި ކޭއިލީ ކުވޯކުވޯ ގޯލްޑެން ގްލޯބްސްގެ "ބެސްޓް ޕާފޯމެންސް ބައި އޭން އެކްޓްރެސް އިން އަ ޓެލެވިޝަން ސީރީޒް-މިއުޒިކަލް އޯ ކޮމެޑީ" ގެ އެވޯރޑަށް ނޮމިނޭޓްވެއްޖެ އެވެ.

ނަމަވެސް އޭނާ ނޮމިނޭޓްވެފައިވަނީ 9 އަހަރު މަސައްކަތް ކުރި ބިގް ބޭންގް ތިއަރީގެ ފަރާތަކުންނޫނެވެ.

35 އަހަރުގެ ކެއިލީ ވަނީ މިދިޔަ އަހަރު ބިގް ބޭންގް ތިއަރީ ނިމުމަށްފަހު އެޗްބީއޯ މެކްސްގެ ދަ ފްލައިޓް އެޓެންޑެންޓްގައި ކޭސީ ބައުޑެންގެ ރޯލް އަދާކުރަން ފަށާފައެވެ. މިދިޔަ ނޮވެމްބަރގައި ޕްރިމިއާވި މި ސީރީޒަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު ގޯލްޑެން ގްލޯބްއިން ނޮމިނޭޓްވެފައިވަނީވެސް މި ރޯލްއިންނެވެ.

މި ކެޓަގަރީގައި ނޮމިނޭޓްވެފައިވާ ނަން މައްޝޫރު ތަރިންގެ ތެރޭގައި 31 އަހަރުގެ ލިލީ ކޮލިންސް (އެމިލީ އިން ޕެރިސް), 22 އަހަރުގެ އެލް ފޭނިން (ދަ ގްރޭޓް), 31 އަހަރުގެ ޖޭން ލެވީ (ޒޯއީސް އެކްސްޓްރާއޯޑިނަރީ ޕްލޭލިސްޓް) އަދި 66 އަހަރުގެ ކެތަރިން އޯހާރާ (ޝިޓްސް ކްރީކް) ހިމެނެއެވެ.

6.4 މިލިއަން މީހުން ކެއިލީ ކުވޯކުވޯއަށް ފޮލޯ ކުރާ އިންސްޓަގްރާމްގައި ކެއިލީވަނީ ގޯލްޑަން ގްލޯބްސްއަށް ނޮމިނޭޓްވަފައިވާ ކަން އެނގުމުން އުފާ ފާޅުކޮށް ޕޯސްޓެއް ހިއްސާކޮށްފައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.