Housing Flats
ދެހާސް ފްލެޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: އަވަސް

ހުޅުމާލޭގައި އަޅާ 2000 ޝޯޝަލް ހައުސިން ޔުނިޓް ޑިޒައިންކޮށް، ފައިނޭންސްކޮށް، އަދި އިމާރާތްކުރުމަށް އިންޑިއާގެ ކުންފުންޏަކާއި އެކު ސޮއިކޮށްފިއެވެ.

މިި މަޝްރޫއ ހަވާލުކޮށްފައިވަނީ އިންޑިއާގެ ނޭޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ އެންބީސީއާ އެކު މަޝްރޫއުގައި ސޮއިކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ތިން ކޮޓަރި އަދި ތިން ފާހާނައިގެ 1400 ޔުނިޓާއި، ދެ ކޮޓަރި އަދި ދެ ފާހާނައިގެ 600 ޔުނިޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ފައިނޭންސިންގެ 85 އިންސައްތަ ހަމަޖައްސާނީ ކޮންޓްރެކްޓަރގެ ފަރާތުންނެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ފަށާތާ 900 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކުރެވޭނެ ކަމަށް ބެލެވެއެވެ.

އެން.ބީސީސީ އަކީ އިންޑިއާ ސަރުކާރުން 1960 ވަނަ އަހަރު ގާއިމްކޮށްފައިވާ ބްލޫ-ޗިޕް ކުންފުންޏެކެވެ. އެ ކުންފުންޏަކީ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންސީ، ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓް އަދި އީޕީސީ ކޮންޓްރެކްޓިން ފަދަ މަސައްކަތްތަކުގައި ހުނަރު ވަރުގަދަ ކުންފުންޏެކެވެ.

އަދި ރާއްޖޭގައި އިންޑިއާގެ ގްރާންޓް އެހީގެ ދަށުން ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައްޑޫ ސިޓީ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އެންސީޕީއެލްއީއެސް) ގެ މަސައްކަތް ފުރިހަމަ ކުރުމުގައިވެސް އެންބީސީސީގެ ބައިވެރިވުން ހިމެނެއެވެ.

ޕޯޓް ލުއީގެ ޕްރީމް ކޯޓު އިމާރާތުގެ މަސައްކަތާއި މިދިޔަ އަހަރު އޯއައިސީ މިނިސްޓަރުންގެ ބައްދަލުވުން ބޭއްވި މަހާތުމާ ގާންދީ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރ އަކީ އެންބީސީން ފުރިހަމަ ކޮށްފައިވާ މަޝްރޫއުތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.