އަދާލަތު ޕާޓީން ދާއިރާގެ ރައީސުން އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އަދާލަތު ޕާޓީން ކުރި އިއުލާނެއްގަިއ ވަނީ އެޕާޓީގެ ދުސްތޫރުގެ 29.3 ވަނަ މާއްދާގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާކޮމިޓީ އަލުން ހޮވުމަށްޓަކައި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާކޮމިޓީގެ އިންތިޚާބު 1 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ދާއިރާ ރައީސުންގެ އިންތިޚާބު އޮންނަ ދާއިރާތައް

• ހަނިމާދޫ ދާއިރާ

• ވައިކަރަދޫ ދާއިރާ

• ކުޅުދުއްފުށީ އުތުރު ދާއިރާ

• ކުޅުދުއްފުށީ ދެކުނު ދާއިރާ

• މަކުނުދޫ ދާއިރާ

• ފުނަދޫ ދާއިރާ

• އިނގުރައިދޫ ދާއިރާ

• ކާށިދޫ ދާއިރާ

• ކިނބިދޫ ދާއިރާ

• ގަމު ދާއިރާ

• ފުވައްމުލަކު އުތުރު ދާއިރާ

• ހިތަދޫ އުތުރު ދާއިރާ

• މައްޗަންގޮޅީ މެދު ދާއިރާ

ދާއިރާ ރައީސަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް

• ޕާޓީގެ މެމްބަރެއް ކަމުގައި ވުން (ޕާޓީއަށް ވަނުމަށް އެދޭ ފޯމްފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެމްބަރެކެވެ.)

• ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، ހުކުމް ތަންފީޒުކޮށްނިމުނުތާ 1 އަހަރު ވެފައިވުން

ގޮފިތަކުގެ ހިންގާކޮމިޓީގެ އިންތިޚާބުތައް ބާއްވާ ރަށްތައް/ދާއިރާތައް

1 ހއ ދިއްދޫ

2 ހއ ބާރަށް

3 ހއ އުތީމު

4 ހއ ކެލާ

5 ހދ ވައިކަރަދޫ

6 ހދ ނައިވާދޫ

7 ހދ ކުޅުދުއްފުށި އުތުރު ދާއިރާ

8 ހދ ކުޅުދުއްފުށި ދެކުނު ދާއިރާ

9 ހދ ހަނިމާދޫ

10 ހދ ނެއްލައިދޫ

11 ހދ ނޮޅިވަރަން

12 ހދ މަކުނުދޫ

13 ހދ ނޭކުރެންދޫ

14 ހދ ކުމުންދޫ

15 ށ މަރޮށި

16 ށ ކޮމަންޑޫ

17 ށ ފުނަދޫ

18 ށ ބިލެތްފަހި

19 ށ ޅައިމަގު

20 ނ މަނަދޫ

21 ރ ކިނޮޅަސް

22 ރ މަޑުއްވަރި

23 ރ ރަސްމާދޫ

24 ރ އިނގުރައިދޫ

25 ރ މީދޫ

26 ރ އިންނަމާދޫ

27 ބ އޭދަފުށި

28 ޅ ނައިފަރު

29 ޅ އޮޅުވެލިފުށި

30 ކ ހުޅުމާލެ ދާއިރާ

31 ކ މެދު ހެންވޭރު ދާއިރާ

32 ކ ހެންވޭރު ދެކުނު ދާއިރާ

33 ކ ހެންވޭރު އިތުރު ދާއިރާ

34 ކ ގަލޮޅު އުތުރު ދާއިރާ

35 ކ ގަލޮޅު ދެކުނު ދާއިރާ

36 ކ މައްޗަންގޮޅީ އުތުރު ދާއިރާ

37 ކ މައްޗަންގޮޅީ ދެކުނު ދާއިރާ

38 ކ މާފަންނު އުތުރު ދާއިރާ

39 ކ މާފަންނު ހުޅަނގު ދާއިރާ

40 ކ މާފަންނު މެދު ދާއިރާ

41 ކ މާފަންނު ދެކުނު ދާއިރާ

42 ކ ހެންވޭރު ހުޅަނގު ދާއިރާ

43 ކ މައްޗަންގޮޅީ މެދު ދާއިރާ

44 ކ ތުލުސްދޫ

45 ކ ގާފަރު

46 ކ ކާށިދޫ

47 ކ ދިއްފުށި

48 ކ ގުޅި

49 ކ ގުރައިދޫ

50 އއ ތޮއްޑޫ

51 އއ ބޮޑުފޮޅުދޫ

52 އދ ދަނގެތި

53 އދ މާމިގިލި

54 އދ މަހިބަދޫ

55 އދ ހަންޔާމީދޫ

56 އދ އޮމަދޫ

57 މ ކޮޅުފުށި

58 ފ ނިލަންދޫ

59 ފ ދަރަނބޫދޫ

60 ދ މީދޫ

61 ދ ކުޑަހުވަދޫ

62 ދ ހުޅުދެލި

63 ތ ކިނބިދޫ

64 ތ ހިރިލަންދޫ

65 ތ އޮމަދޫ

66 ތ މަޑިފުށި

67 ލ ގަން

68 ލ މާމެންދޫ

69 ލ މުންޑޫ

70 ގއ ގެމަނަފުށި

71 ގއ ކޮނޑޭ

72 ގދ ގައްދޫ

73 ގދ ފިޔޯރީ

74 ޏ ފުވައްމުލަކު އުތުރު ދާއިރާ

75 ޏ ފުވައްމުލަކު މެދު ދާއިރާ

76 ޏ ފުވައްމުލަކު ދެކުނު ދާއިރާ

77 ސ ފޭދޫ

78 ސ ހިތަދޫ އުތުރު ދާއިރާ

79 ސ ހިތަދޫ މެދު ދާއިރާ

80 ސ ހިތަދޫ ދެކުނު ދާއިރާ

81 ސ މީދޫ

82 ސ ހުޅުދޫ

މި އިންތިޚާބަށް ހުޅުވާލެވޭ ގޮފީގެ ހިންގާ ކޮމިޓީގެ މަޤާމްތަކަކީ:

• ރައީސް

• ނައިބު ރައީސް

• ސެކްރެޓަރީ

• ސެކްރެޓަރީގެ ނައިބު

• ޚަޒާންދާރު

• މީޑިއާ ކޯޑިނޭޓަރ

ގޮފިތަކުގެ ހިނގާ ކޮމިޓީތަކުގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ޝަރުތުތައް

• ޕާޓީގެ މެމްބަރެއް ކަމުގައި ވުން (ޕާޓީއަށް ވަނުމަށް އެދޭ ފޯމްފުރުމަށްފަހު، އެ ފޯމަކީ ސައްޙަ ފޯމެއްކަމަށް ޕާޓީގެ ރަޖިސްޓްރަރ ކަނޑައަޅާ ހިނދުން ފެށިގެން އެ މީހަކީ ޢަދާލަތު ޕާޓީގެ މެމްބަރެކެވެ.)

އޭޕީގެ އިއުލާނުގައިވާ ގޮތުން  ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 3:00 އަށް ހަމަވާނެއެވެ. އަދި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދެންވާނީ އެކަމަށް އިންތިޚާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ ފަރާތުން ޚާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް ކަމަށްވެސް އިއުލާނުގައިވެއެވެ. މި ފޯމް ޕާޓީގެ ވެބްސައިޓް www.adhaalath.org.mv އަދި ޕާޓީގެ މައި އޮފީހުން ލިބެންހުންނެ ކަމަށް އިއުލާނުގައިވެއެވެ.

މީގެ އިތުރުން އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ފޯމު ފޮނުވަންވާނީ [email protected] އަށެވެ.

އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 1 ފެބްރުއަރީ 2020 ވާ ހޮނިހިރުދުވަހުގެ މެންދުރު 1:00 އިން ފެށިގެން 3:00 ގެ ނިޔަލަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.