ޓާފް ރޯލެއްް ދަށުވެ އެމްޕީއެލްގެ މަޖޫރީއަކަށް އަނިޔާވެ ހޮސްޕިޓަލު ގައި ފަރުވާދޭން ފަށައިފިއެވެ.
''ޖަޒީރާ'' އަށް މައުލޫމާތު ދިން އެމްޕީއެލްގެ މުވައްޒަފަކު ބުނީ، އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
މަޖޫރީ އަށް އަނިޔާވީ ޓާފް ރޯލެއް ދޯންޏަކަށް އަރުވަން އުޅެނިކޮށް އެ ރޯލް ކައްސާލައިގެން ގޮސް އޭނާގެ ގައިމައްޗަށް ވެއްޓިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އަނިޔާވެފައިވަނީ ކްލިއަރިން ގްރޫޕްގައި މަސައްކަތްކުރާ މަޖޫރީ އަކަށެވެ.
އެމީހާއާ ބެހޭ މާގިނަ މައުލޫމާތު ލިބިފައި ނުވިޔަސް އޭނާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އެމްޕީއެލްގެ މަޖޫރީއަކަށް އަނިޔާވެފައި މިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބިއްލޫރި ޕެލެޓް ވެއްޓި ހިތާމަވެރި ހާދިސާ އެއް ހިނގާފައި ވަނިކޮށެވެ. އެ ހާދިސާ ގައި އަނިޔާވި ޒުވާނަކު ވަނީ މަރުވެފައެވެ. އެ މައްސަލަ ހިނގައި ދިޔަގޮތް އެމްޕީއެލުން ދަނީ ތަހުގީގު ކުރަމުންނެވެ