އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ މީހުންނަށް މި ހަބަރުވެގެންދާނީ އުފާވެރި ހަބަރަކަށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މާސްކް ނުނެގިނަމަވެސް، ފޯނު ހުޅުވާލެވޭނެކަމުގެ ހަބަރު އެވެ. ނަމަވެސް ފޯނު ހުޅުވޭނީ އެޕަލްގެ އެހެން އުފެއްދުމުގެ އެހީގަ އެވެ.

އައިފޯންގެ އޮޕަރޭޓިންގ ސިސްޓަމް (އައިއޯއެސް) ޓެސްޓުކުރުމުގެ މަސައްކަތް ކުންފުނިން ކުރިއަށްގެންދާއިރު، މާސްކް އަޅައިގެން ހުންނަ ވަގުތު ފޯނު ހުޅުވުމަށްޓަކައި ހުންނަންޖެހެނީ އެޕަލް ވޮޗް އަޅައިގެންނެވެ. އެއީ އެޕަލް ވޮޗް އަޅައިގެން ހުރެއްޖެނަމަ ފޯނުގެ މޫނު ދެނެގަންނަ ސެކިއުރިޓީ ޓޫލް، އެހެނީ ފޭސް އައިޑީގެ ޒަރިއްޔާއިން ފޯނު ހުޅުވުމަށް އޮޕަރޭޓިންގ ސިސްޓަމަށް ބަދަލުގެނައުމަށް އެޕަލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މާސްކް އަޅާއިގެން ހުންނަ ވަގުތު އެޕަލްގެ ފޯނުތަކެއް މިހާރު ނުހުޅުވެ އެވެ. ބަދަލުގައި ފޯނު ހުޅުވަންޖެހެނީ ޕާސްކޯޑް ޖަހައިގެންނެވެ. ނަމަވެސް ޑިވެލޮޕާރ ބީޓާ ޓެސްޓްގެ ހިމެނޭ މި ފަހު އަޕްޑޭޓް ވަރަށް އަވަހަށް އާންމުންގެ ތެރެއަށް ތައާރަފުވުމުން ފޭސް އައިޑީ ބޭނުންކުރުމަށް ފޯނު މޫނާއި ދިމާކުރުމުން އެޕަލް ވޮޗްގެ (ފޯނާއި އެޕަލް ވޮޗް ކައިރި ދުރުމިނެއްގައި ހުރުން) ޒަރިއްޔާއިން އައިފޯނު ހުޅުވޭނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން, މާސްކް އަޅައިގެން ހުންނައިރު މި އަޕްޑޭޓް ހަމައެކަނި މަސައްކަތް ކުރާނީ ފޯނު ހުޅުވުމަށެވެ. އަދި އެޕަލް ޕޭ, އެޕް ސްޓޯރ އަދި އައިޓިއުންސް އިން ޓްރާންސެކްޝަން އެއް ހެދުމަށް ޕާސްކޯޑް ޖަހަން ޖެހޭނެއެވެ.

މި ފަހުގެ އަޕްޑޭޓަކީ ޕެންޑެމިކްގައި މާސްކް އެޅުމަށް ތާއީދު ކުރުމުގެ ގޮތުން އަދި އެޕަލް ބޭނުންކުރާ ފަރާތްތަކަށް އެޕަލް ވޮޗް ގަތުމަށް ނުވަތަ އެޕަލް ވޮޗް ގިނައިން ބޭނުން ކުރުމަށް އެޅި ފިޔަވަޅަކަށްވެސް ވެދާނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.