ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ކްރައިމް ސީންއިން މުހިންމު ޑީއެންއޭ އާއި ފިންގާޕްރިންޓުތަކެއް ލިބިފައިވާ ކަމަށާއި އެ ތަކެތި އެނަލައިޒްކޮށް ގާތިލުން ދެނެގަތުމުގައި ކުރިއެރުން ހޯދިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު، މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ އިތުރުން ގާސިމް މަރާލަން ބޭނުންކުރި ކަމަށް، ބެލެވޭ ހަތިޔާރު އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދުގެ 300 މީޓަރު ދުރުން ފެނިފައިވާ ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވަނީ ވިދާޅުވެފައެވެ.

ގާސިމް މަރާލާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ ހުޅުމާލޭ ހިތިގަސް މަގަށް ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ އެ ރޭ 9:07ގަ އެވެ.

އެ މަރަށް ހަފްތާއެއް ވެފައިވާ އިރު، އެ ގަތުލުގައި ތުހުމަތުވާ އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައެއް ނުވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.