ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސުލާއި އެއްގޮތަށް ކުރައްވާނީ ނަމޫނާ ކެމްޕޭނެއް ކަމަށް އެމްޑީޕީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު އެޗްޕީއޭއިން އާންމުކުރުމާއެކު ކުރެއްވި ޓުވީޓެއްގައި އަނަސް ވިދާޅުވީ އެޗްޕީއޭއިން ކަނޑައާޅާފައިވާ އުސޫލާއި އެއްގޮތަށް، ފުރިިހަަމައަށް އަމަލުކުރައްވާނެކަމަށެވެ. އަދި ފެނިގެންދާނީ ނަމޫނާ ކެމްޕޭނެއް ކަމަށް އަނަސް ވިދާޅުވި އެވެ.
އަނަސް ވިދާޅުވި ގޮތުގައި ކެމްޕޭންގެ ތެރޭގައިވެސް ކޮވިޑުން ރައްކާތެރިވުމުގެ އިރުޝާދުތައް ފޯރުކޮށްދޭނެކަމަށެވެ.
@HPA_MV in kanda’alhuvvaafaivaa mi usoolaa ehgothah furihama ah amalukuraa, namoonaa campaign eh iraadhakureviyya alhugandumenge fushun fenigendhaane.#COVID19 in rakkaatherikamuge irushaadhuthah campaign ge thereyn foarukohdhemun gendhaanan.#RahvehiFathis#LCE21 #WDC21 https://t.co/PkjF5GwRHf
— Anas Abdul Sattar (@anasabdulsattar) February 4, 2021
އެޗްޕީއޭގެ ފަރާތުން މި އުސޫލު އެކުލަވާލައިފައިވަނީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ހާއްސަ ޤާނޫނަށް ގެނައި އިސްލާހާއެކު، އިންތިހާބުގެ ބޮޑެތި ބާރުތަކެއް އެޗްޕީއޭއަށް ދިނުމާއި ގުޅިގެންނެވެ. އެ އިސްލާހްގައިވާގޮތުން، އިންތިހާބުގެ ކެމްޕޭނާއި، އަދި އިންތިހާބުގެ ކަންކަން ކުރިއަށްދާނެގޮތް ކަނޑައަޅާނީ، ސަރުކާރުގެ ވުޒާރާއެއްކަމުގައިވާ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެޗްޕީއޭއިންނެވެ.
އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައިވާގޮތުން ކެމްޕޭން ޖަލްސާތަކާއި، ރަސްމިއްޔާތުތައް ބެއްވުމުގައި ބަދަލުގައި، އެކަންކަން ކުރިއަށްގެންދިއުމަށް ބާރު އަޅާފައިވަނީ އޮންލައިންކޮށެވެ. އަދި އޮންލައިންކޮށް ނޫންގޮތަކަށް ކުރިއަށްގެންދާނާމަ، ކުރިއަށްގެންދަންޖެހެނީ ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތަކާއި، އެހެނިހެން ހަރަކާތްތައް ކުރިއަށްގެންދިއުމަކީ މަނާކެމެވެ. އެހެންކަމުން އެޗްޕީއޭއިން އަލަށް އެކުލަވާލި އުސޫލުގެ ދަށުން މާލެ ސަރަހައްދުގައި އެއްވެސް ކެމްޕޭން ޖަލްސާއެއް އަދިި ރަސްމިއްޔާތެއްވެސް މިވަގުތަށް ނުބޭއްވޭނެ އެވެ.