މިދިޔަ ނޮވެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދާ މަދުވެ، އާމްދަނީ ދަށަށް ގޮސްފިއެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު އެކްޕޯޓްސް ވަނީ 11 އިންސައްތައަށް ދަށަށް ގޮސްފައެވެ. އެހެން ނަމަވެސް އެދުވަސްވަރު ރާއްޖެ އެތެރެ ކުރި މުދާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ ހަތަރު އިންސައްތަ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 245 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރު ގެ އެ މުއްދަތުގައި އެ އަދަދު ވަނީ 405 މިލިއަން ރުފިޔާއަށް ދަށްވެފައެވެ/

މިދިޔަ އަހަރުގެ ނޮވެމްބަރު 4.2 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހު އެތެރެ ކޮށްފައި ވަނީ 4.3 މިލިއަން ރުފިޔާގެ މުދަލެވެ.

މިފަދަ ތަފާތެއް އައިސްފައި އޮތުމުން މިއަހަރުގެ އިމްޕޯޓް-އެކްސްޕޯޓްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ތިން މިލިއަން ރުފިޔާއިން ދަށަށް ގޮސްފައެވެ. 

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން  މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، ފްރާންސް އަދި ޖަރުމަނަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.