ފިނޭންސް މިނިސްޓްރީ އިމާރާތުގެ ސައިން ބޯޑު.

ކުރީ ސަރުކާރުން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް ބީލަމަކާއި ނުލައި އުސޫލުން ބޭރުން އެމްޕީއެލުން 86.1 މިލިއަން ރުފިޔާގެ ތަކެތި ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ 2018 ވަނަ އަހަރުގެ އެމްޕީއެލްގެ އޮޑިޓް ރިޕޯޓުގައިވާގޮތުން އެމްޕީއެލްގެ ބޭނުމަށް، ކުރީ ސަރުކާރުގައި 2015 އިން 2017 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ތަކެތި ގަނެފައިވާ ގޮތް ބެލިއިރު، ހާމަކަން ބޮޑު ގޮތެއްގައި ވާދަވެރި ބީލަމަކަށް ހުޅުވައިގެން ގަނެވިދާނެ ކަމަށް ބެލެވޭ މުދަލާއި ހިދުމަތް އާންމުކޮށް އިއުލާން ނުކޮށް އަދި ވާދަވެރި ބީލަމަކަށް ނުލައި ގަނެފައިވާ ކަމަށެވެ. އެގޮތުން 86.1 މިލިއަން ރުފިޔާގެ މުދަލާއި ހިދުމަތް ވާދަވެރި ބީލަމުގެ އުސޫލުން ބޭރުގެ އެކި ފަރާތްތަކުން ވަކި ވަކިން ކޯޓޭޝަން ހޯދައިގެން ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވެއެވެެ.

އެ ފައިސާގެ ތެރެއިން 69.2 ރުފިޔާގެ މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގެ ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިވަނީ ކުންފުނީގެ ބޯޑުގެ ނިންމުމާއި އެކުއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ލޭންޑިން ކްރާފްޓް ގަތުމަށް އެމްޕީއެލުން ދެއްކި ފައިސާ އަނބުރާ ލިބިފައިއެއް ނުވެއެވެ. އެ އުޅަނދު ގަންނަ އެޑްވާންސް ކޮށް ފައިސާގެ ގޮތުގައި 214،500 (ދެ ލައްކަ ސާދަ ހާސް ފަސް ސަތޭކަ) ޑޮލަރު ދޭން ޖެހޭ ޖެހެއެވެ. ރިޕޯޓުގައިވާ ގޮތުން އެ ކުުންފުންޏަށް ލިބެން ޖެހޭ ފައިސާ މިހާތަނަށް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން ފުޓްބޯޅަ ކްލަބުތަކާއި ރަށްރަށުގެ ޖަމްއިއްޔާތަކުގެ އިތުރުން ސަރުކާރުން ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށްވެސް އެމްޕީއެލް އިން އުސުލެއްނެތި ފައިސާ ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްގެ ކޮރަޕްޝަންގެ ބައެެއް މައްސަލަ ތައް މިހާރުވެސް ކޯޓްމަރުހަލާގައި ހުރިކަމަށެވެ. އަދި ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނަނަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *