މާލޭގެ އެއްވެސް މިސްކިތެއްހެ އިމާމަށް ބަންގީގެ އަޑު މަޑުކުރަން އަންގާފައި ނުވާނޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޭޔަރ ޝިފާ މިހެން ވިދާޅުވީ އާއްމު މަސްހަލަތަށްކަމަށްބުނެ ބަންގީގެ އަޑު މަޑުކުރުމަށާއި، ނަމާދުކުރާ ވަގުތުތަކުގައި އަޑު މަޑުކުރަން މާލޭގެ އެއްވެސް މިސްކިތެއްގެ އިމާމަކަށް އަންގާފައިވާނެތޯ އާއްމު ފަރާތަކުން ޓުވިޓަރގައި އުފައްދާފައިވާ ސުވާލަކާއި ގުޅިގެންނެވެ.

އެގޮތުން މޭޔަރ ޝިފާ ވިދާޅުވީ، އެފަދަކަމެއް ކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގާފައިނުވާނޭ ކަމަށާއި،  އެފަދަ އެންގުމެއް ކައުންސިލުން އަންގާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ މާލޭގެ މިސްކިތްތަކުގެ ކަންތައްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލްގެ ތެރެއިން ހާއްސަ ކޮމެޓީއެއް އުފައްދައިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.