Against Child Rape Protest
ކުޑަކުދިންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ސަން

ކުޑަކުއްޖެއްގެ ކުރި މަތީގައި ޖިންސީ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ނޯރތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، އަދި ވ އަތޮޅު) ގައި ހިމެނޭ ރަށަކުންނެވެ. އެގޮތުން، ކުޑަކުއްޖެއްގެ ކުރި މަތީ ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 64 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާއި ގުޅޭ ޖިންސީ މިފަދަ މައްސަލަތައް މިހާރު ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފައެވެ. މިކަންތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި މާލޭގެ މަގުމަތީގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.