Vaccination
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު -- ފޮޓޯ: އަވަސް

މިއަދު ދިވެހިރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 1،626 އަށް އަރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފި އެވެ.

އެޗް.ޕީ.އޭ އިން ބުނެފައިވާ ގޮތުގައި، މިއަދު ވެކްސިން ޖެހި މީހުންނާއެކު ޖުމްލަ ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު މިހާރު ވަނީ 3،204 އަށް އަރާފައެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 1،477 މީހުންނަށް ވެކްސިން ޖަހާފައިވަނީ ގްރޭޓަރ މާލެ އޭރިއާއިންނެވެ. 149 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިންނެވެ. ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އަށް ހޮސްޕިޓަލެއްގަ އެވެ. އެއީ މަލޭގެ ހަ ހޮސްޕިޓަލަކާއި އަތޮޅުތެރޭގެ 4 ވެކްސިނޭޝަން ސެންޓަރަކުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 5،000 ޑޯޒްވެސް ރާއްޖެއަށް ލިބިފައިވެއެވެ. ވަރަށް އަވަހަށް ސައިނޯފާމްގެ 100،000 ޑޯޒްވެސް ރާއްޖެ ގެނެވޭނެކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ވެކްސިނަށް އަދި މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.