Curfew Police
-- ފޮޓޯ: ފުލުހުން

މިއަދު 134 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 16،410 އަށް އަރައިފިއެވެ.

ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ ކޮންމެ ދުވަހަކު ވެސް 100 އިން މަތީގައެވެ. އޭގެ ފަހުން އަދި އަދަދު 100 އިން ދަށްވެފައިވަނީ އެންމެ ދުވަހަކުއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 110 މީހަކާއި، ރަށްރަށުން 9 މީހަކާއި، ރިސޯޓުތަކުން 13 މީހަކާއި، ނޮން އޮޕަރޭޝަނަލް ރިސޯޓް ތަކުން އެކަކާއި އިންޑަސްޓްރިއަލް ރަށަކުން އެކަކެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،886 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.

މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދަނީ 178 މީހަކަށެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 1،930 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 14،419 މީހަކު ރަނގަޅުވެފައެވެ.

ކޮވިޑްގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އަކަށް ކަރފިއު އިއުލާންކޮށް، މާދަމާ ރޭ 8:30 އިން ފެށިގެން ރޭގަނޑު 11 އާއި ހަަމައަށް ވެހިކަލް ދުއްވުން މަނާ ކޮށްފައެވެ. މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ދެތިން ހަފްތާ ނަގާނެކަމަށްވެސް އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.