ތަންތަން ކުއްޔަށް ދޭއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ނެގޭނީ ދެމަގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ލާޒިމް ކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ "ދިރިއުޅުމަށްޓަކާ ގޯތިގެދޮރު ކުއްޔަށް ދޫކުރުމާބެހޭ ބިލުގައި" ވަނީ ، ދެމަހަށްވުރެ ދިގު މުއްދަތަކަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ފައިސާ ނުނެގޭނެ ކަމަށާއި، އެ ނަގާ ފައިސާ ޖަމާކުރަން ޖެހޭނީ މި ގާނޫނުގެ ދަށުން އެކުލަވައިލާ ޓެނެންސީ ބޯޑުން ކަނޑައަޅާ އެކައުންޓަކަށް ކަމަށް ކަމަށެވެ.

މި ބިލުގައި ބަޔާން ކޮށްފައިވާ ޓެނެންސީ ބޯޑަކީ ތިން މެންބަރުން ހިމެނޭ ބޯޑެކެވެ. އަދި އެ ބޯޑަށް މީހުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބިލުގައިވާ ގޮތުން އެއްވެސް ހާލަތެއް މެދުވެރިވެގެން ކުއްޔަށް ދޫކުރާ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުން އުވާލަން ޖެހިއްޖެ ނަމަ، ކުއްޔަށް ނަގާ ފަރާތުގެ އަތުން ނަގައިފައިވާ ސެކިއުރިޓީ ޑިޕޮސިޓް 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އަނބުރާ ދޭން ޖެހެއެވެ.

މި ބިލުގައިވާ ގޮތުން ތަނެއް ކުއްޔަށް ދެވޭނެ އެންމެ ކުރު މުއްދަތަކީ 6 މަސް ދުވަހެވެ. އަދި އެންމެ ދިގު މުއްދަތަކަށް ކުއްޔަށް ދެވޭނީ 10 އަހަރު ދުވަހަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.