ފަނޑިޔާރުގެ އިސްލާހުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވުމުން އެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ރައްދުދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ، ފަނޑިޔާރުގެ މިނިވަންކުރުމަށް ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ޢަދުލު އިންޞާފުގެ ނިޒާމަށް، ރައްޔިތުންގެ ހިތުގައި އެއްވެސް އިތުބާރެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
ފަނޑިޔާރުގެ އިޞްލާޙުކުރުމަށް މިދިޔަ 2 އަހަރު ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި - ރައީސް
ފާއިތުވި ދެ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފާއިތުވި 2 އަހަރު ތެރޭގައި ރާއްޖޭގެ ޝަރްޢީ ނިޒާމުގެ މިނިވަންކަން ނަގާލައި ކޯޓްތަކަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރުން ޢައިރު ދުސްތޫރީ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
3) ޤއ. ގެ 154 އާ ޚިލާފަށް ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތައް ހިންގައި ވަޒީފާގެ ބިރުދައްކައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ހައި ޕްރޮފައިލް ކޭސްތައް ނިމެނީ ސަރުކާރުން ބޭނުންގޮތަކަށްތޯ ކަށަވަރުކުރުން.
— Dr. Ahmed Abdulla Didi (@AABDULLADIDI) February 4, 2021
އެގޮތުން، ޤާނޫނު އަސާސީ އާއި ހިލާފަށް ސުޕްރީމް ކޯޓު މާރޖިނަލައިޒްކޮށް އިސް ކޯޓެއްގެ ދައުރު އެ ކޯޓުގެ ކިބައިން ނިގުޅައި ގަނެފައިވާކަމަށެވެ. އަދި ކޯޓުތަކުގެ އިދާރީ މިނިވަންކަން ނިގުޅައިގަނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ކޮންޓްރޯލްކުރާ އިދާރީ ނިޒާމެއްގެ ތެރެއިން ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވަމުންދާކަމަށްވެސް ޑރ.އަހްމަދު އަބްދުﷲ ދީދީ ވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެއިތުރުންވެސް، ޤާނޫނު އަސާސީއާ ޚިލާފަށް ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ މައްސަލަތައް ހިންގައި ވަޒީފާގެ ބިރުދައްކައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދާކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ހައި ޕްރޮފައިލް ކޭސްތައް ނިމެނީ ސަރުކާރުން ބޭނުންގޮތަކަށްތޯ ކަށަވަރުކުރަމުންދާ ކަމަށެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލައި، ރައްޔިތުންގެ އަގަތަށް މަތީގައި މަލަށް އެޅިއިރު، އެމަނިކުފާނަށް އެކަމުގައި މަދަދުވެރިވުމުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އެވެ. ޑރ. އަހުމަދު އަބްދުﷲ ދީދީއަށް އުއްތަމަ ފަނޑިޔާރުކަން ލިބިވަޑައިގެންނެވީވެސް ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވި އަމުރެއްގައި އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދު ޖަލަށް ލެއްވުމަށްފަހު އެވެ.
އެމަނިކުފާނު ވަނީ މަޤާމުގެ ދަހިވެތިކަމުގައި އެންމެފަހު ވަގުތަށްވެސް އުއްތަމަ ފަނޑިޔާރަކަށް ހުންނަވާ، މަޤާމު ދިފާއުކުރައްވަން މަސައްކަތް ކުރައްވާފަ އެވެ.