އައިޖީއެމްއެޗް

ކަނޑުވި ބަޔަަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ފަރުވާ ދެމުން ދަނީ މާލެ ކައިރީ އޮންނަ އެނބޫދޫ ފިނޮޅު ކައިރީ އޮންނަ އަޑިމަގު ފަޅު ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ބަޔަކު ތިބި ދޯންޏެއް އަޑިއަށް ގޮސް ހިނގި ހާދިސާގަަައި ކަނޑުވި ބަޔަކަށެވެ.

 އައިޖީއެމްއެޗުން ބުނީ، ކަނޑުވެ ގެނބިގެން 4 މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެމީހުނަށް ފަރުވާ ދެމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ ދޯނި އަޑިޔަށް ދާކަމުގެ މަޢޫލޫމާތު ލިބުމާއި އެކު، ފުލުހުންގެ މެރިން ޕޮލިސް އިން ސަރަހަށްދަށް ގޮސްފައިވާ ކަމަށާއި އެ ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެމީހުން ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެެ ދޯނީގައި ތިބީ 3 ބިދޭސީންނާއި، ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ދެ ބިދޭސީން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.