Dharumavantha Hospital
ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: ރާއްޖެ އެމްވީ

ކޮވިޑް 19 ޖެހިގެން ރާއްޖެއިން 54 ވަނަ މީހާ މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި، މަރުވެފައިވަނީ 84 އަހަރުގެ ދިވެހި ފިރިހެނަކެވެ. އޭނާ މަރުވިއިރު ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މަރުވީ މިރޭ 08:20 ހާއިރުއެވެ.

ރާއްޖެއިން އިއްޔެވެސް ވަނީ ކޮވިޑްގައި މީހަކު މަރުވެފައެވެ. ކޮވިޑް-19 މިހާރު ރާއްޖޭގައި އަނެއްކާވެސް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެޗް.ޕީ.އޭ އިން ވަނީ އަންގާފައެވެ. އަދި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރުމަށްވެސް އެޗް.ޕީ.އޭ އިން ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.