މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ 10 ފަރާތަކަށް ހަނދާނީ ލިޔުން ދީފިއެވެ.

39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި މި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ، އިބްރާޙިމް މުޙައްމަދު ޞާލިހެވެ.

އެގޮތުން، ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ގ. އާސަމް, އަދުނާން ޢަލީ އަށް ހަނދަނީ ލިޔުން ދީފައިވާއިރު، މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުން އަހުލުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަދި މިހާރުވެސް ކުރަމުން އަންނާތީ، ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއަށް ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ.

އަދި މަސްވެރިކަމުގެ ދާއިރާ އަށް އައު ޓެކްނޮލޮޖީތައް ތަޢާރަފްކޮށް، އެފަދަ ޓެކްނޮލޮޖީތަކަށް މަސްވެރިން އަޙުލުވެރިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން  މައިޒާން އިލެންޓްރޯނިކްސް އަށް ހަނދާނީ ލިޔުން ދީފައިވާއިރު، މަސްވެރިކަމާއި ކަނޑުގެ ވެއްޓާއި ގުޅޭ ދިރާސާތައް ކުރުމާއި، އެފަދަ މަޢުލޫމާތުތައް ފެތުރުމަށް ކޮށްފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސ.ހިތަދޫ ނައިޓް ކްއީން، ޙުސައިން ޒާހިރަށްވެސް ވަނީ ހަނދާނީ ފިލާ ލިބިލައްވާފައެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު، މަސްވެރިކަމާއި ގުޅޭ އެކި އެކި ކަންކަމުގައި ފާހަގަ ކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވެސް ވަނީ ވަޒަންކޮށްފައެވެ.

އެގޮތުން 2018 ވަނަ އަހަރު އޯލެވެލް އިންތިހާނުން މެރިން ސައިންސް އިން ދުނިޔޭގެ އެއްވަނަ ހޯދާފައިވާ، ދަރުމަވަންތަ ސުކޫލުގެ ދަރިވަރު، އިބްރާޙިމް ޔައިޝް ޝާކިރު އަށާއި، 2018 ވަނަ އަހަރު ކަޅުބިލަ މަހުގެ އުފެއްދުންތައް އެކްސްޕޯޓު ކޮށްގެން އެންމެ ބޮޑު އާމްދަނީ ހޯދާފައިވާތީ، ހޮރައިޒަން ފިޝަރީފް ޕްރައިވެޓް ލިމިޓެޑް އަށާއި، 2018 ވަނަ އަހަރު ރީނދޫ އުރަހަ ކަންނެލީގެ އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓު ކޮށްގެން އެންމެ ބޮޑު އާމްދަނީ އެއް ހޯދާފައިވާ، އެންސިސް ޕިޝަރީޒް ޕްރައިވެޓް ލިމިޓެޑަށާއި، 2018 ވަނަ އަހަރު، އެންމެ ގިނަ ކަޅުބިލަމަސް ކިރުވާފައިވާތީ ގއ ނިލަންދޫ ހަނދުވަރީ ދޯންޏަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.