ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި، މާލޭގައި ވަރަށް ބޮޑަށް ފެން ބޮޑުވެއްޖެއެވެ.

މާލޭގައި ފެންބޮޑުވުމާއި ގުޅިގެން، ފެން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. 

އެމްއެންޑީއެފުން ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ބޯޑުވުމާއި ގުޅިގެން، އެމްއެންޑީއެފް ފަޔާރ ސެންޑް ރެސްކިޔު ސާވިސް އިން  ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ފެން ހިއްކަމުން ދަނީ ވެސްޓް ޕާކް ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ. 

މިއަދު މުޅި ރާއްޖޭގެ މޫސުމަށް ބަލާލާއިރު، ދެކުނާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކެމަށް ލަފާކުރެވޭ ކަމަށާއި، އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރާނޭ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.