ކ. މާފުށިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އެރަށު / މުލީގެ ފާތިމަތު ޝިފްރާ މުހައްމަދު، 14 އަހަރެވެ.

އެކުއްޖާ ހޯދަމުން ދިޔައީ މިއަދު އަސުރުގެ ކުރިން ގެއިން ނުކުމެގެންދިޔަ ގޮތަށް މިރޭ އިރުއޮއްސުނު އިރުވެސް އެނބުރި ގެއަށް އައިސްފައިނުވާތީ ކަމަށް ކައުންސިލުން ބުނެއެެވެ.

އެކުއްޖާ ގެއިން ނުކުމެގެންދިޔައީ އާއިލާ ތެރޭގައި އުފެދުނު ހިތްހަމަނުޖެހުމަކާއެކު ކަމުގެ މައުލޫމާތެއް ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މާފުށީ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، މީގެ ކުޑަ އިރުކޮޅެއް ކުރިން އެ ކުއްޖާ ފެނިފައިވާ ކަމަށާއި، ޖުއްޖާ ފެނިފައިވަނީ ރައްޔިތުންގެ ޕިކަޕުތައް ކުރިން ބާއްވަން ހަދާފައިހުރި ގަރާޖު ތެރޭގައި ހޭނެތިފައި އޮއްވާ ކަމަށެވެ.

އަދި އެ ކުއްޖާ މިހާރު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށްވެސް އުސްމާން ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.