S.Hulhudhoo
ސ.ހުޅުދޫ -- ފޮޓޯ: އަވަސް

ސ. ހުޅުދޫއިން ހަތަރު މީހަކު ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގ ހާލަތަށް ލައިފިއެވެ.

މިއަދު ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހުޅުދޫ މޮނިޓަރިންގ ހާލަތަށް ލާފައިވަނީ އެ ރަށުން 4 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ސ. ހުޅުދޫއިން މީގެ އެއް ހަފްތާ ކުރިން ފުރަބަންދު ކަރަންޓީީންއަށް ދިއަ 2 މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ. އެހެންނަމަވެސް، އޭރު މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހުންގެ ކޮންޓެކްޓެއް ނެތްކަމަށްވެސް އެޗް.އީ.އޯ.ސީ އިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން އެ ދެ މީހުންނާއި ގުޅިގެން އެއްވެސް ބަޔަކު ކަރަންޓީނު ނުކުރާ ކަމަށްވެސް އެޗް.އީ.އޯ.ސީ އިން ވަނީ ބުނެފައެވެ.

ނަމަވެސް މިއަދު ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން 4 މީހެއްގެ ނެގި ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށާއި މިކަމާއި ގުޅިގެން މިހާރު އެ ރަށް މޮނިޓަރިންގ ހާލަތަށް ލުމަށް ނިންމާފައިވާ ކަން އެޗް.އީ.އޯ.ސީ އިން ވަނީ ހާމަކޮށްފައެވެ. އެ ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި، އެ މީހުން ޕޮޒިޓިވްވި ސައިޓުގައި 60 މީހުން އެބަތިއްބެވެ.

މިއާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ ހުއްދަ ނުހޯދައި ސ. ހުޅުދޫ އަށް އަރައި ފޭބުން  މަނާކޮށްފައެވެ. މޮނިޓަރިންގ ހާލަތަށް އާންމުގޮތެއްގައި ރަށެއް ލަނީ އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން ޔަގީން ކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިންގ އާއި ރެންޑަމް ސާމްޕަލިންގ ނެގުމުގެ ގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގޮތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.