Razor Lifestyle Shave
ރޭޒަރުބޭނުންކޮށްގެން އިސްތަށި ބާލަނީ

ރޭޒަރު ބޭނުންކޮށްގެން ގައިގައި ހުންނަ ބޭކާރު އިސްތަށިތައް ބޭނުން ކުރުމަކީ ވަރަށް ގިނަ މީހުންގެ އާދައަކަށް ވަނީ ވެފައެވެ. އަވަހަށް ތަނަކަށް ދާން ބޭނުންނަމަ ހެއަރ ރިމޫވަރ ކްރީމްއެއް ބޭނުންކުރުން ނުވަތަ ވެކްސް ކުރުމުގެ ބަދަލުގައި ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ރޭޒަރު ބޭބުން ކޮށްގެން ގައިގައި ހުންނަ ބޭކާރު އިސްތަށިތައް ބާލައެވެ.

ރޭޒަރު ބޭނުން ކުރުމުގެ ސަބަބުން ބައެއް ބަހަރު ގައިގެ ތަންތަން ކަނޑައިގެން ދިއުން ފަދަ ކަންކަންވެސް ދިމާވާ ފަހަރު އާދެއެވެ. ނުވަތަ ހަންގަނޑު ކުރަކިވުމާއި، ކެހުމާއި، ހަންގަނޑު ރަތްވުންފަދަ ކަންކަން ދިމާވެއެވެ. މިފަދަ މައްސަލަތަކުން ސަލާމަތްވެ ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށް ގޭގައި ތިބެ ފަސޭހައިން ކޮށްލެވިދާނެ ކަންތައްތަކުގެ ތެރޭގައި:

  • ލުނބޯ ޖޫސް ބޭނުންކުރުން

ލުނބޯ ޖޫހަކީ ހަންގަނޑު ކުރަކިވުމާއި ކެހުމުން ރައްކައުތެރުވުމަށް ބެނުންކުރެވިދާނެ އެއްޗެކެވެ. އެގޮތުން ލުނބޯގެ ހުތް ފެންފޮދެއްގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު ކަފަކޮޅަކުން ކުރަކިވެފައިވާ ނުވަތަ ކަހާތަނެއްގައި ރަނގަޅަށް ހާކާލާށެވެ. 5 ނުވަތަ 7 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ރީތި ފެނުން ދޮވެލާށެވެ.

  • ސައިފަތް ޕެކެޓް ބޭނުންކުރުން

ސައިފަތް ޕެކެޓެއް ފްރިޖްގެ ގަނޑުކުރާ ބައިގައި 30 މިނެޓް ވަންދެން ބަހައްޓާށެވެ. ރޭޒަރު ބޭނުން ކުރުމުގެ ސަަބުން ހަންގނަޑުގެ ދުޅަވެފައި ހަލާކުވެފައިހުރި ތަންތަނުގައި ކުޑަ އިރުކޮޅެއްވަންދެން  ޓީބޭގް ޖައްސާށެވެ.

  • އަލޯވޭރާ

ހަންގނަޑުގައި ހުރި ރާޅުކަން ފުލުވުމަށް އަލޯވޭރާ ފަތުގެ އެތެރޭގައި ހުންނަ ޖެލްކޮޅު ނެގުމަށްފަހު ހަންގަނޑުގައި ހާކާލާށެވެ. ކުޑަ އިރުކޮޅަު ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ.

  • ޓީ ޓްރީ އޮއިލް

ޓީ ޓްރީ އޮއިލް އަކީ ރޭޒަރު ބޭނުންކުރުމުން ހަންގަނޑުގައި ހުންނަ ދުޅަވެ ރަތްވުމުން ފަރުވާއަކަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އެގޮތުން ކަޕަކޮޅަކުން ދުޅަވެފައިހުންނަ ހިސާބުގައި އޮއިލް ހާކާލާށެވެ. ކުޑައިތުކޮޅަކު ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ.

  • އެޕަލް ސައިޑަރ ވިނެގަރ

އެޕަލް ސައިޑަރ ވިނެގަރ އަކީ ހަންގަނޑު އިންފެކްޝަނުން ރައްކައުތެރިކޮށްދީ ހަންގަނޑު ކެހުމާއި ރަތްވެފައި ހުންނަ މީހުނަށް ފަރުވާއެކެވެ. ފެންފޮދެއްގެ ތެރެއަށް އެޕަލް ސައިޑަރ ވިނެގަރ އެޅުމަށްފަހު ކަޕަކޮޅަކުން ހަންގަނޑުގައި ހާކާލާށެވެ. 8 ނުވަތަ 10 މިނެޓް ވަންދެން ބަހައްޓާށެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.