ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ރައީސް ނަޝީދު ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖީލިސް އަހަރުގެ މަސައްކަތްތަކަށް ހުޅުއްވައިދެއްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވި އުއްމީދީ ރިޔާސީ ބަޔާށްފަހުވެސް، ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މެސެޖެކަށްވީ ހަަމަ އެންމެ މެސެޖެކެވެ. އެމަނިކުފާނު ހުރިހާ ރައްޔިތުންގެ ކިބައި އެދިވަޑައިގެންނެވީ ކޮވިޑް ވެކްސިން ޖެއްސެވުމަށެވެ.

"އަދި އިޤްްތިސާދީގޮތުންނާއި، އިޖުތިމާއީގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގެނެވި، ދިވެހިރާއްޖެއަށް ކުރިއެރުމާއި ކާމިޔާބު އަހަރެއްގެ ގޮތުގައިވެގެންދާނެކަމަށް އަޅުގަނޑު ދުއާކޮށް އުއްމީދުކުރަން. ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ރޯގާއިން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް، ފަރުދީގޮތުންވެސް ސަމާލުކަންދެއްވާ، ވެކްސިންޖެއްސެވުމަށް އަހަންމިއްޔަތުކަން ދެއްވުމަށް އަދި މިދަތި ދުވަސްތަކުން އަރައިގަތުމަށް ހުރިހާ ލބުވެތި ރައްޔިތުންވެސް، އެއްބާރުލުން ދެއްވާ، އެކުގާ، އެއްބައިވަންތަކާއި އެކުގައި އުޅުމަަށް އިލްތިމާސްކުރަން." ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މެސެޖެވެ.

ރައީސް މުހައްމަދު ނަޝީދު ވަނީ "ކޮވިޝީލްޑް" ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފަ އެވެ. ޤައުމީ ވެކްސިން ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދާއެކު ދެ، އަނެއް ދެ ބާރުގެ ވެރިންގެ ގަޔަށްވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ރައީސް ނަޝީދު ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިވަގުތު ޖަހަމުންގެންދަނީ އިންޑިއާ އިން ހަދިޔާކުރި ވެކްސިން އެވެ. އޭގެއިތުރުން ހެޔޮއެދޭ ފަރާތަކުން ވަނީ ޗައިނާގެ ސައިނަފޯމް ވެކްސިންގެ 5000 ޑޯޒް ރާއްޖެ އަށް ހަދިޔާކޮށްފައެވެ.

ބުރާސްފަތި ދުވަހު ޗައިނާ ސަފީރު ކުރެއްވި އެ ޓުވީޓްގައި ވިދާޅުވީ ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާއި، ޗައިނނާ ސަރުކާރުގެ ފަރާތުން ދިވެހިންގެ ގަޔަށް ޖެހުމަށް 100،000 ޑޯޒްގެ ވެކްސިން (50،000 ވެކްސިން) ދިނުމަށް ނިންމަފައިވާކަން އަންގާފައިވާކަމަށެވެ. އަދި އެ ވެކްސިން ވީ އެންމެ އަވަހަކަށް ދިވެހިންނަށް ލިބޭނެ ގޮތް ހެދުމަށް މަސައްކަތްކުރައްވާކަމަށް ސަފީރު ވިދާޅުވި އެވެ.

އޭގެއިތުރުން އެސްޓްރަޒެނެކާ އިން އޯޑަރުކުރި 700،000 ޑޯޒް މާޗް މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.