ގއ. މަރަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ރޭ ހޮނުއެޅި މަސްދޯނީގައި ތިބި 13 މީހުންގެ ތެރެއިން ދެމީހަކަށް ހޮނުއެޅުމުގެ ސަބަބުން އަނިޔާވި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރަންދޫ ކައިރިން 13 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏަކަށް ހޮނު އެޅިކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 12:55 ހާއިރު ކަމަށާއި، އެ ހާދިސާގައި ދޯނީގައި ތިބި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން އެ ދެމީހުންނަށް ކޮލަމާފުށި ސިއްހީ މަރުކަޒުގައި ފަރުވާދީފައިވެއެވެ. 

އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ހޮނު އެޅުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.