އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަހާތުމާ ގާންދީގެ މަގުބަރާއަށް  މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޒިޔާރަތުގައި މަގުބަރާގައި ހުރެ ދުޢާ ކުރި ފޮޓޯތަކެއް މީސް މީޑިޔާގައި އާއްމުވެ އެތައްް ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވެއްޖެއެވެ.

އުންމަތުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ޣައިރު މުސްލިމެއްގެ މައްޗަށް މުސްލިމަކު ދުޢާ ކުރާކަށް ނުޖެހޭނެއެވެ. އެއީ ބޮޑުވެގެންވާ މުންކަރާތެކެވެ.

ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި އެކު ނަޝީދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގާންދީގެ މަގުބަރާއަށް ޒިޔާރަތްކޮށް މަގުބަރާގައި މާބޮނޑިއެއް ބޭއްވެވިއެވެ. މާބޮނޑިއެއް ބޭއްވެވުމަށް ފަހު ނަޝީދު ދުޢާ ކުރެއްވިއިރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ދެއަތް އުފުލައިގެން ދުޢާ ކުރަން ހުރި މަންޒަރު މީސް މީޑިޔާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެނެއެވެ.

ނަޝީދު އާއި އަނދުން ހުސެއިން ދުއާއަށް އަތް ނަގައިގެން ތިބި އިރު، އެބޭފުޅުންގެ އަރިހުގައި ތިބި އެހެން މެމްބަރުން ދުއާއަށް އަތް ނަގައިގެން ތިބި މަންޒަރެއް ފޮޓޯތަކުން ނުފެނެއެވެ.

މަހާތުމާ ގާންދީ އަކީ ސަނަޓާނީ ހިންދޫ އެކެވެ. އަދި ގާންދީ އަކީ ވަރަށް ބޮޑަށް ހިންދުއިޒަމް ޕްރޮމޯޓް ކުރަން މަސައްކަތް ކުރި، އަދި ހިންދުއިޒަމްގެ އަސާސްތަކުގައި ހިފަހައްޓަން ވަރަށް ގިނައިން މީހުންނަށް ނަސޭހަތް ވެސް ދިން ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.