ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ސްޕެނިޝް ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލްގައި ގްރަނަޑާގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދައި ބާސެލޯނާއިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގްރަނަޑާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ގިނަ ހަމަލާތަކެއް އުފައްދަމުން ދަނިކޮށް 33 ވަނަ މިނެޓުގައި ކެނެޑީ ވަނީ ލަނޑެއް ޖަހާ ގްރަނަޑާއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް ރޮބާޓޯ ސޮލްޑާޑޯ ވަނީ ގްރަނަޑާގެ ލީޑު ފުޅާކޮށްދީފައެވެ. ބާސާއިން ފުލުފުލުގައި ހަމަލާތައް އުފައްދަމުންދިޔައިރު ގްރަނަޑާގެ ކީޕަރު ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. ބާސާއިން މެޗުގައި ޖެހި ފުރަތަމަ ލަނޑު 88 ވަނަ މިނެޓުގައި ޖެހީ އެންޓޮއިން ގްރީޒްމަންއެވެ. ބާސާއަށް އެއްވަރުކޮށްދިން ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޖޯޑީ އަލްބާއެވެ.

ދެ ޓީމު އެއްވަރުވުމާއި ގުޅިގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބާސާއިން ލީޑު ނެގިއިރު މެޗުގެ 100 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ގްރީޒްމަންއެވެ. އެހެން ނަމަވެސް އޭގެ ތިން މިނެޓު ފަހުން ފެޑެ ވީކޯ ވަނީ ލަނޑެއް ޖަހައި ގްރަނަޑާއަށް އެއްވަރުކޮށްދީފައެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ބާސާއަށް އަލުން ލީޑު ނަގައިދިނީ ފްރެންކީ ޑިޔޮންގްއެވެ. މި ލަނޑު އޭނާ 108 ވަނަ މިނެޓުގައި ޖަހައިދިންއިރު 113 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ވަނީ ބާސާގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.